Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު

ބަހަން އައްޑުއަށް ފޮނުވީ 2،675 ޕެކެޓު ކަދުރު

ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާކުރި ފަންސާސް ޓަނުގެ ކަދުރާއި މިނިސްޓަރ ރަސްމީގޮތުން ހަވާލުވެވަޑައިގަންނަވަނީ: ފޮޓޯ - މިހާރު

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެއަށް ކޮންމެ އަހަރަކުވެސް ހަދިޔާ ކުރައްވާ ކަދުރުން މިފަހަރު އައްޑޫ ސިޓީއަށް ބަހަން ފޮނުވާފައިވަނީ އެންމެ 2،675 ޕެކެޓު ކަދުރެވެ.

ކަދުރާއި މިނިސްޓްރީ އިން ހަވާލުވިއިރުވެސް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވަނީ ސައުދީން ލިބުނު ކަދުރު ހުރިހާ ރައްޔިތުންނަށް ބެހޭ ވަރަށް ވުރެ މަދު ކަމަށެވެ. ކަދުރު ބަހާނީ ފަގީރުންނަށް އިސްކަން ދީގެން ކަމަށާއި އާންމު ރައްޔިތުންނަށް، ފަގީރުންނަށް ކަދުރު ބަހާ ނިމިގެން ބަހަން ފަށާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ނަމަވެސް ބަހާނީ ފުރަތަމަ އަންނަ ބަޔަކަށް ކަމަށް މިނިސްޓްރީން ހާމަކުރިއެވެ. އައްޑޫ ކައުންސިލުން ބުނެފައިވަނީ ކަދުރު ބަހާނީ އަވަށު އޮފީސްތަކުން ކަމަށެވެ.

އައްޑޫގައި މިދިޔަ އަހަރު 1،439 ފަގީރުން ތިބި ކަމަށް ރަޖިސްޓްރީން ދައްކައެވެ.