Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހުޅުމާލެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އެއްޗެއް ގޮވައިފި

ހުޅުމާލެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އެއްޗެއް ގޮވައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

އަނިޔާވި ތިން މީހުންގެ ތެރެއިން ދެމީހަކު ވަނީ ވަރަށް ބޮޑަށް ފިހިފައި ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ގޮވާފައިވަނީ ހުޅުމާލެ ފަޅުތެރޭގައި އޮތް އެމްޓީސީސީގެ "އެކްސްޕްރެސް 1" ނަމަކަށް ކިޔާ ލޯންޗެކެވެ. ފުލުހުންނާ ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގޮވާފައިވަނީ އޭގެ ބެެޓެރީއެކެވެ.

ލޯންޗުގެ ފަޅުވެރިން އޭގެ ޕެޓްރޯލް ޕަމްޕު ސުވިޗް ބަދަލުކުރަން އުޅެނިކޮށް ބެޓެރީ ގޮވައި، އޭގައި މަސައްކަތް ކުރަމުން ދިޔަ ތިން މީހުންނަށް ވެސް ވަނީ އަލިފާނުގެ އަސަރު ކޮށްފައެވެ.