Last Updated: July 23, 14:58
Thursday, July 23, 2026
ޚަބަރު

ގައުމަށް ހެޔޮއެދޭ ހުރިހާ ބޭފުޅުން ޕީއެންސީއާއި ގުޅުމަށް އަދުރޭ ގޮވާލައްވައިފި

ގައުމަށް ހެޔޮއެދިވަޑައިގަންނަވާ ހުރިހާ ބޭފުޅުން ޕީއެންސީއާއި ގުޅިވަޑައިގަތުމަށް ޕީއެންސީގެ ރައީސް އަދި ލ.ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ގޮވާލައްވަފިއެވެ.

އަބްދުއްރަހީމް މިކަމަށް ގޮވާލައްވާފައިވަނީ ހޯމަދުވަހު ދިވެހި އޮންލައިން ބައެއް ނޫސްތަކަށް ޓެގްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

"ދިވެހި ގައުމުގެ ކުރިއެރުމާއި ތަރައްޤީއަށް ލޯބިކުރާ، ގައުމަށް ހެޔޮއެދިވަޑައިގަންނަވާ ހުރިހާ ބޭފުޅުން ވެސް ޕީއެންސީއާއި ގުޅިވަޑައިގަތުމަށް އަޅުގަނޑު ގޮވާލަން." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ޕީއެންސީގެ ރައީސް ކަމަށް ހޮވިވަޑައިގަތުމަށްފަހު ޕާޓީ ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ފައްޓަވާފައެވެ.