Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު ހިތަދޫ ހޮސްޕިޓަލް

އެޗްއާރުއެޗަށް ވަގުތީ ގޮތުން ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ގެނެސްފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި އަހުމަދު ވަހީދު

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް ވަގުތީ ގޮތުން މެނޭޖަރު ގެނެސްފިއެވެ.

ހިތަދޫ ހޮސްޕިޓަލް ހިންގެވުމާއި ވަގުތީ ގޮތުން ހަމަޖައްސާފައިވާ މެނޭޖަރަކީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ އަހުމަދު ވަހީދުއާއެވެ. ވަހީދަކީ ބ. އަތޮޅު ހޮސްޕިޓަލްގައި ވަރަށް ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ވަހީދު މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ އަންނަ މަހުގެ 8 ވަނަ ދުވަހާއި ހަމައަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުމާއި މިނިސްޓްރީން ހަވާލުކުރައްވާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލްގައި ހުރި މައްސަލަ ތަކުގެ ތެރެއިން މެނޭޖަރެއްގެ ހައިސިއްޔަތުން ރަނގަޅު ކުރެވެން ހުރި މައްސަލަ ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތުން އީސީސީގައި ހަދަމުންދާ އާ ހޮސްޕިޓަލްގެ މަސައްކަތް ކުރަމުންދާ އިރު ޝާހު އާއި އެކު އެހީތެރިއެއްގެ ގޮތުގައި ހުންނަވާނެކަމަށެވެ.

ވަހީދުއާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހަވާލު ކުރެއްވިއިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ގުޅޭ އެތައް ޝަކުވާއެއް އާއްމު ރައްޔިތުން ދަނީ ކުރަމުންނެވެ. އެގޮތުން ތަނަށް ބޭނުންވާ ވަސީލަތް ނެތުމާއި، ތަން މެނޭޖުނުކުރެވުމާއި، ހިދްމަތުގެ ފެންވަރު ދަށްވުމުގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.