Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ނަދީމްގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް

އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ނަދީމް އިތުރު ފަރުވާއަށް މާލެ ފޮނުވާލަނީ: ފޮޓޯ - ފޭސްބުކް

މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ސައިކަލަކާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާ ލިބުނު ނަދީމް މޫސާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

އައިޖީއެމްއެޗްއިން ބުނީ ނަދީމް މިހާރު ހޭ އަރާފައިވާ ކަމަށާއި ދެ ސާޖަރީއެއް ހަދަން ޖެހޭ ކަމަށެވެ. އަދި އޭނާއަށް މިވަގުތުވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ.

އެކްސިޑެންޓުގައި ނަދީމްގެ ވާތުފައި ބިންދައިގެން ދިއުމުގެ އިތުރުން ބޯފަޅައިގެން ގޮސް މޫނަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. ނަދީމް އިތުރު ފަރުވާއަށް ފުރުވާލާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.