Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ތެޔޮ ބަރުކޮށްގެން ދިޔަ ދޯންޏެއްގައި ދިވެއްސަކު ނެތުމުން ހުއްޓުވައިފި

އެމްއެންޑީއެފުން ހުއްޓުވި ދޯނި: ފޮޓޯ - އެމްއެންޑީއެފް

ފެނަކަ ކޯޕަރޭޝަނުގެ ތެޔޮ ބަރުކޮށްގެން ދިޔަ ފޭދޫ ދޯންޏެއްގައި ދިވެއްސަކު ނެތުމުން އެމްއެންޑީއެފާއި ފުލުހުން މިދޯނި ދަތުރުކުރުން ހުއްޓުވައި ފަޅުވެރިންނަށް ތިބި ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.

އެމްއެންޑީއެފާއި ފުލުހުން މިހާރު ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމްގެ ދަށުން އޮޑިދޯނި ފަހަރު ޗެކްކުރަން ވެސް ވަނީ ފަށާފައެވެ. މީޑިޔާއަށް މައުލޫމާތު ދެމުން ދިފާއީ ބާރުގެ ތަރުޖަމާން، ކެޕްޓަން އާޒިމް ވިދާޅުވީ، ދޯނީގައި އެއްވެސް ދިވެއްސެއް ނެތް ކަމަށާއި، ދޯނީގައި ތިބި ބިދޭސީން މަސައްކަތް ކުރަމުން ދިޔައީ ވޯކްޕާމިޓެއް ވެސް ނެތި ކަމަށެވެ.

ދޯނީގައި ހުރީ ފެނަކައަށް ގެންދިޔަ 6،000 ލީޓަރުގެ ތެލާއި ފިނިކުރި ކުކުޅުތަކެއް ކަމަށާއި ދޯނީގައި ނަމެއް އަދި ސެޓުފިކެޓެއް ނުވަތަ އެހެންވެސް ލިޔެކިޔުމެއް ނެތް ކަމަށް ވެސް އާޒިމް ވިދާޅުވެފައިވެއެވެ. ދޯނީގެ ކެޕްޓަން މިވަގުތު ހުރީ ހުޅުމީދޫގައި ކަމަށް ވެސް އެނގިފައިވެއެވެ.

މިމައްސަލަ މިހާރު ފުލުހުން ވަނީ އިތުރަށް ތަހުގީގު ކުރަން ފަށާފައެވެ. ދޯނި ހިފެހެއްޓުމަށް ފަހު މިހާރު އޮތީ ފޭދޫ ބަނދަރުގައެވެ.