Last Updated: July 26, 09:53
Sunday, July 26, 2026
ޚަބަރު

ސައިކަލެއްގައި ހުރި ތަކެތި ނެގި މީހަކު ހައްޔަރަށް!

ސައިކަލެއްގެ މަޑި ހަލާކުކޮށްލައިގެން މަޑި ދަށުގައި ހުރި ތަކެތި ވަގަށް ނަގައިގެން ފިލަން އުޅުނު މީހަކު ސ. ހިތަދޫން ރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގައި ރޭ ހައްޔަރު ކުރި މީހާ ވަނީ ސައިކަލެއްގެ މަޑި ހަލާލުކޮށްލައި، މަޑި ދަށުގައި ހުރި ތަކެތި ބަނޑު ދަށަށް ލައިގެން ފިލަން ކަމަށެވެ.

އެހެން ނަމަވެސް އޭނާ އާ ބެހޭ އެއްްވެސް ތަފުސީލެއް އަދި އެ ސައިކަލަކީ ކޮން ތާކު ހުރި ސައިކަލެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

އޭނާ ވަގަށް ނެގި ތަކެތީގެ ތެރޭގައި ހިމެނެނީ ލައިފް ބޯއި ޝެމްޕޫ ފުޅިއަކާއި އާފްޓަ ޝޭވް ފުޅިއަކާއި ދަތް އުނގުޅާ ބުރުހަކާއި ސައިކަލްގެ ފޮތެވެ.