Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އައްޑޫގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭ ސަރަހައްދުތައް ކަނޑައަޅައިފި

އައްޑޫ ސިޓީ ކައުންސިލް - ފޮޓޯ: ސަން

އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގައި 24 ގަޑިއިރު ވިޔަފާރިކުރަން އެދޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށް ވަކި ސަރަހައްދުތަކެއް ކަނޑައަޅައިފިއެވެ.

އެގޮތުން ހިތަދޫގައި ތިން ސަރަހައްދެއް ކަނޑައަޅައި، ބަނދަރު ސަރަހައްދާއި ޒިޔާރަތްފަންނަ ސަރަހައްދުގެ އިތުރުން ރީޖަނަލް ހޮސްޕިޓަލް ހުރި ސަރަހައްދު ވަނީ ކަނޑައެޅުނު ސަރަހައްދުތަކުގައި ހަމަޖައްސާފައެވެ.

މަރަދޫ ގައި ދެ ސަރަހައްދެއް ކަނޑައަޅާފައިވާއިރު މަރަދޫފޭދޫގައި ކަނޑައެޅުނީ އެންމެ ސަރަހައްދެކެވެ. އަދި ފޭދުއާއި ހުޅުދޫގައި ދެ ސަރަހައްދު، މީދޫގައި ތިން ސަރަހައްދު ވަނީ ކަނޑައަޅާފައެވެ.

މަރަދޫގައި ކަނޑައެޅުނު ސަރަހައްދުތަކަކީ، މަރަދޫ ބަނދަރު އަދި ސިއްހީ މަރުކަޒު ސަރަހައްދެވެ. މި ދެ ސަރަހައްދަކީ ވެސް ގާތްގަނޑަކަށް އެއް ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ.

މަރަދޫފޭދޫގައި ކަނޑައެޅިފައިވަނީ އެވަށު ބަނދަރު ސަރަހައްދެވެ. ފޭދޫގައި ފޭދޫ ބަނދަރު އަދި ފޭދޫ ސިއްހީ މަރުކަޒު ސަރަހައްދު ހަމަޖައްސާފައިވާއިރު ހުޅުދޫގައި ހަމަޖެހުނީ ބަނދަރު އަދި ހެރަތެރަ ޗެނަލް ސަރަހައްދެވެ. މީދޫގައި ހަމަޖެހިފައިވަނީ ބަނދަރު ސަރަހައްދުގެ އިތުރުން ސިއްހީ މަރުކަޒު ސަރަހައްދާއި މެދު ބަނދަރު ސަރަހައްދެވެ.

ނަމާދު ވަގުތު ފިޔަވައި ރެއާއި ދުވާލު ހުރިހާ ވަގުތެއްގައި ވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުމުގެ ހުއްދަ ލިބޭނީ މިނިސްޓްރީއަށް އެދި ހުށައަޅައި، މިނިސްޓްރީން ބަލައި ޝަރުތު ފުރިހަމަ ވުމުން އެކަންޏެވެ. ފިހާރަތަކުގެ ތެރޭގައި ވެސް މި ހުއްދަ ދެވޭނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރަތަކަށް އެކަންޏެވެ.