Last Updated: April 20, 08:59
Saturday, April 20, 2024
ޚަބަރު މާރާމާރީ

ދިއްފުށީގައި ރޭވެސް މާރާމާރީއެއް، 32 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ކ. ދިއްފުށީ

ކ. ދިއްފުށީގައި ރޭވެސް މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ރޭ 11:30 ހާއިރު ދިއްފުށީގައި މާރާމާރީ ހިންގައި އެކަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި ރޭގެ ހަމަނުޖެހުމަކީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ އެރަށުގައި ހިނގި ހަމަނުޖެހުމާއި ގުޅުން ހުރި ހާދިސާއެއް ކަމަށެވެ.

ރޭގެ ހަމަނުޖެހުމުގައި ޒަހަމްވި މީހާއަށް އިތުރު ފަރުވާ ދިނުމަށް ވަނީ އައިޖީއެމްއެޗަށް ގެނެސްފައެވެ.

ފުލުހުން ބުނީ ދިއްފުށީފައި ފާއިތުވި ދެ ރޭ ހިންގި ހަމަނުޖެހުމާއި ގުޅިގެން ކޯޓު އަމުރެއްްގެ ދަށުން 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

ދިއްފުށީން ވާހަކަ ދެއްކި މީހަކު ބުނީ ރަށުގައި ހަމަނުޖެހުން ހިންގާފައިވަނީ އެރަށުގައި ވައްކަން ގިނަވެ ރައްޔިތުން ނިކުމެ ވައްކަން ކުރާ މީހުންނާއި ކުރިމަތިލުމުން ކަމަށެވެ.