Last Updated: April 18, 22:36
Thursday, April 18, 2024
ވިޔަފާރި

ސްރީލަންކަންގެ ރަމަޟާން ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

އައްޑޫ ގަމުން ސްރީ ލަންކާއާއި ދެކުނު އޭޝިޔާގެ ގިނަ ގައުމުތަކަށް އުދުހެމުން އަންނަ ސްރީލަންކަން އެއާލައިންސުން ރަމަޟާން މަހާ ދިމާކޮށް ހުޅުވާލި ޚާއްސަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފިއެވެ.

އެއާލައިނުން މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮމޯޝަނުގައި ބައިވެރިވެ ޓިކެޓު ބައްލަވައިގަތުމުގެ މުއްދަތު މިހާރު ވަނީ 31 މޭ އާ ހަަމައަށް އިތުރުކޮށްފައެވެ. އަދި ދަތުރުކުރެވޭ މުއްދަތު ޖޫން މަހުގެ ނިޔަލަށް ސްރީލަންކަން އިން ވަނީ އިތުރުކޮށްފައެވެ.

މީގެ އިތުރުން އީދު ބަންދާ ދިމާކޮށް ސްރީ ލަންކަން އިން ދަތުރުކުރައްވާ ފަރާތްތަކަށް އިތުރު ލުޔެއް ހޯދާ ދިނުމުގެ ގޮތުން އެއާލައިނުން ވަނީ ތިން ފްލައިޓެއްގެ ޝެޑިއުލް ބަދަލުކޮށް ލަންކާގައި މަޑުކުރަން ނުޖެހޭ ގޮތަށް ބަދަލު ގެނެސްފައެވެ. ކުރިން ލަންކާގައި އެއް ރޭ ހޭދަކުރަން ޖެހުނަސް މިހާރު މަޑުނުކޮށް އެއާޕޯޓުން ބެންކޮކް، ކޮޗިން، މެލޭޝިޔާ، ޖަކާޓާ އަދި ޓްރިވެންޑްރަމް ފަދަ މަންޒިލްތަކަށް ދެވޭނެއެވެ.

ޝެޑިއުލަށް ބަދަލު ގެނެސް މިހާރު ދަތުރުތައް އޮންނާނީ 30 މޭ، 2 ޖޫން އަދި 15 ޖޫން ގައެވެ. ސްރީ ލަންކަން އެއާލައިނުން ވަނީ މިފަހަރުގެ އީދު ބަންދާ ދިމާކޮށް ވަރަށް ޚާއްސަ އަގުތަކެއް ކަނޑައަޅާފައެވެ. ފެއާތަކުގެ އަގުތައް ތިރީގައި މިވަނީއެވެ.