Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ސްރީ ލަންކަން އިން ކޮޗިންއަށް އެންމެ 154 ޑޮލަރު!

ސްރީ ލަންކަން އެއާލައިންސް އިން ދަތުރުކުރައްވާ ފަރާތްތަކަށް އަނެއްކާވެސް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނަކީ ގަމުން އިންޑިޔާގެ ކޮޗިން އަށް އެންމެ 154 ޑޮލަރަށް ދަތުރުކުރެވޭ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނުގެ ދަށުން ޓިކެޓު ބުކް ކުރުން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖޫން އެއްވަނަ ދުވަހާއި ހަމައަށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ. ދަތުރުތައް ހަމަޖެހިފައިވަނީ ޖުލައި 20 އިން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް ކަމަށް އެއާލައިނުން މައުލޫމާތު ދެއެވެ.

ސްރީ ލަންކަން އިން ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ދެކުނު އޭޝިޔާގެ ވަރަށް ގިނަ މަންޒިލްތަކަށް ދަތުރުކުރެވޭ ޚާއްސަ ޕްރޮމޯޝަން އީދު ބަންދާ ދިމާކޮށް ހުޅުވާލާފައެވެ. އެގޮތުން ލަންކާގައި މަޑުކުރަން ނުޖެހި ސީދާ ބޭނުންވާ މަންޒިލްތަކަށް ދަތުރުކުރެވޭ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް 6896565 އަދި 7978966 އާ ގުޅުއްވައިގެން ނުވަތަ ganres@srilankan.com އީމެއިލް ކޮށްގެން ސާފުކުރެއްވޭނެއެވެ.