Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު އިލެކްޝަން ކޮމިޝަން

ޕާޓީތަކަށް 26 މިލިއަން ރުފިޔާ ދޫކުރުމަށް ފިނޭންސްއަށް ފޮނުވައިފި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް - ފޮޓޯ: ޓްވިޓާ (އީސީ)

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10 ހާސް މީހުން ހަމަވާ ހަތަރު ޕާޓީއަށް ފައިސާ ދޫކުރުމަށް އެދި ފިނޭންސް މިނިސްޓްރީއަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ހުށަހަޅައިފިއެވެ.

އިލެކްޝަންއިން ބުނީ އެމްޑީޕީ އާއި ޕީޕީއެމް އަދި ޖުމްހުރީ ޕާޓީ އާއި އެމްޑީއޭއަށް ޖުމްލަ 26 މިލިއަން ރުފިޔާ ދޫކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕާޓީތަކަށް ފައިސާ ދޫކުރާ ނިސްބަތް:

1. އެމްޑީޕީ: 12،809،191.09ރ.

2. ޖުމްހޫރީ ޕާޓީ: 2،059،960.36ރ.

3. ޕީޕީއެމް: 9،377،167.06ރ.

4. އެމްޑީއޭ: 2،031،754.50ރ.

އިލެކްޝަނުން ބުނީ ފައިސާ ދުކުރަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގައި މެމްބަރުން ތިބި އަަދަދަށް ބަލައިގެން ކަމަށެވެ.