Last Updated: May 6, 06:06
Monday, May 6, 2024
ސިޔާސީ މެންބަރު ރޮޒެއިނާ އާދަމް

އާސަންދަ ނުލިބޭނެކަމަށް ބުނެ ރޮޒެއިނާ މެމްބަރުންނަށް ބިރު ދައްކާ ކަމުގެ ތުހުމަތު!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ ގުޅުއްވައި އާސަންދަ ނުލިބޭނެ ކަމުގެ ވާހަކަ ދައްކަވާ ނުފޫޒު ފޯރުވަން އުޅުއްވައިފައިވާ ވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ތުހުމަތު ކުރެއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ލީކްވެފައިވާ އެމްޑީޕީގެ "މަޖިލިސް 19، ޕީޖީ" ގްރޫޕްގެ މެސެެޖެއްގައި އިންތި ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކާއި ގުޅުވައިގެން އެގޮތަށް މަޖިލިސް މެންބަރުންނަށް ގުޅުއްވާފައި ނުފޫޒު ފޯރުވަނީ ވަޒީރުން އެކަނި ނޫން ކަމަށެވެ. އަދި ޚުދު ރޮޒައިނާވެސް މަޖިލިސް މެންބަރުން ނަށް ގުޅުއްވާ އާސަންދަ ނުލިބޭނެ ކަމުގެ ވާހަކަ ދައްކަވާ ނުފޫޒު ފޯރުވަން އުޅުއްވައިފައިވާ ވާ ކަމަށް އިންތި ތުހުމަތު ކުރެއްވިއެވެ. އަދި އެމީހެއްގެ އަމިއްލަ ސިޔާސީ ކެރިއާ ނިންމާނީ އެމީހަކު އަމިއްލައަށް ކަމަށާއި، އެހެން ކަމުން ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވޯޓު ދެއްވުމަށް ވިދާޅުވެފައި ވާކަމަށްވެސް އިންތި ރޮޒޭނާއަށް ތުހުމަތު ކުރެއްވިއެވެ.

މި ތުހުމަތަށް ރައްދު ދެއްވައި ރޮޒޭނާ ވިދާޅުވީ މިއީ ކޮން ވަޒީރެއް ކާކު ކައިރީ ބުނި އެއްޗެއްކަން ސާފުވާން ޖެހޭކަމަށާއި އެމްޑީޕީ މަޖިލިސް މެންބަރުން މި ސަރުކާރުގެ ހުރިހާ ވަޒީރުންނާ ދޭތެރޭ މީހުން ނުތަނަވަސްވާ ގޮތަށް މިފަދަ ޓްވީޓް ކުރެއްވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫއު ހިންގާނީ ވަޒީރު ނުވަތަ ސަރުކާރު ބުނާ ގޮތަކަށް ވޯޓު ދެއްވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގާތުގައި ވިދާޅުވުމަކީ ހަޑި ކަމެއް ކަމަށް އީވާ ވަނީ ވިދާޅުވެ ޓްވީޓު ކުރައްވާފައެވެ. އީވާގެ ޓްވީޓާައި ގުޅިގެން ރޮޒޭނާ ވިދާޅުވީ ވަޒީރުންނާ ދޭތެރޭ މީހުން ނުތަނަވަސްވާ ގޮތަށް ޓްވީޓް ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

މާދަމާ އޮންނަ 19 ވަނަ ރައްޔިތުންގެ މަޖްލިސް ހުޅުވާ ޖަލްސާގައި މަޖްލިސްގެ ރައީސާއި ނައިބް ރައީސް ހޮވުން އޮންނަ އިރު މިރޭ އެމްޑީޕީން ބާއްވާ އެޕާޓީގެ ޕީޖީ ގްރޫޕް ބައްދަލުވުމުގައި ޕާޓީގެ ފަރާތުން މަޖްލިސް ރައީސާއި ނައިބް ރައީސަކަށް ކަނޑައަޅާ ބޭފުޅުން ނިންމަވާނެއެވެ. ދަރުބާރުގޭގައި ބާއްވާ މި ބައްދަލުވުމުގައި މެމްބަރުން ވޯޓު ދެއްވާނީ އަތް މައްޗަށް ނަގައިގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.