Last Updated: July 25, 18:05
Sunday, July 26, 2026
ޚަބަރު

އެމްޑީޕީގެ ޕީޖީ ގްރޫޕު ބައްދަލުވުން: މުޅި ގައުމުގެ ނަޒަރު ހުއްޓިފައި!

ރައްޔިތުންގެ މަޖިލީހުގެ ރައީސު ހޮވުމަށް އެމްޑީޕީން ބާއްވާ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުން ދަރުބާރުގޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ އިރު މުޅި ގައުމުގެ ނަޒަރު ވަނީ މި ބައްދަލުވުމަށް ހުއްޓިފައެވެ.

މިރޭގެ ބައްދަލުވުމަށް މެމްބަރުން ވަޑައިގެންފައިވާ އިރު ޕާޓީގެ ގިނަ އާއްމު މެމްބަރުންވެސް ވަނީ މި ބައްދަލުވުން އަޑު އެހުމަށް ދަރުބާރުގެއަށް ވަދެފައެވެ.

މަޖްލިސްގެ ރައީސްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދު އޮތީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުއެވެ.