Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ފަރަށް އެރި ތެޔޮ ބާޖު ފުންކޮށްފި

ކ. ކާށިދޫ ފަރަށް އަރާފައިވާ ތެޔޮ ބާޖު މިއަދު ހެނދުނު 11:22 ގައި ފުންކޮށްފިއެވެ.

މި ތެޔޮ ބާޖު ފުން ކުރެވިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ އެހީތެރިކަމުގައެވެ. ބާޖު ފަރަށް އެރުމުގެ ސަބަބުން އެހެން ބާޖަކުން ވަނީ އޭގައި ހުރި ތެޔޮ ނަގާފައެވެ.

އެމްއެންޑީއެފުން ބުނީ ބާޖު ފުންކުރުމުގައި އެއަށް އިތުރު ގެއްލުމެއް ވެފައި ނުވާ ކަމަށެވެ. އަދި ތެޔޮ ކަނޑަށް އެޅިފައިވެސް ނުވާ ކަމަށް ދިފާއީ ބާރުގެ ތަރުޖަމާނު ކެޕްޓަން އާޒިމް ވިދާޅުވެފައިވެއެވެ.