Last Updated: June 6, 22:41
Saturday, June 6, 2026
ދުނިޔެ

ރަސްމީ ދަތުރުފުޅެއްގައި ޓްރަމްޕް އިނގިރޭސިވިލާތަށް

getty

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި މިއަދު އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެއެވެ.

ޓްރަމްޕް އާއި އަނބިކަނބަލުން މެލަނިއާގެ ޝަރަފުގައި އިނގިރޭސި ރާނީ، ޝާހީ ގަނޑުވަރު ބަކިންހަމްޕެލެސްގައި ޚާއްސަ ޖާފަތެއް ވެސް މިއަދު އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

ޓްރަމްޕްގެ އިނގިރޭސި ޒިޔާރަތާ ދެކޮޅަށް އެގައުމުގެ އެކި ސަރަހައްދުތަކުގައި މިއަދު އިހުތިޖާޖު ކުރަން ވަނީ ނިންމާފައެވެ.

ޓްރަމްޕް ވަނީ އިނގިރޭސި ބޮޑުވަޒީރުކަމަށް ތެރޭސާ މޭއަށް ފަހު ގެންނަން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ބޮރިސް ޖޯންސަން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޓޯރީގެ ތެރޭގައި އަދި އާންމުންގެ ތެރޭގައި ބޮރިސްއަށް ލިބިފައިވަނީ މިކެމްޕޭނުގައި ފިނި ތަރުހީބެކެވެ.