Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ބީއެމްއެލްގެ އީދު ސައި ރާއްޖޭގެ އަށް ރަށެއްގައި ބާއްވައިފި

ބީއެމްއެލް އީދު ސައި ވ. ފެލިދޫގައި: ފޮޓޯ - ބީއެމްއެލް

ބަރަކާތްތެރިވެގެންވާ ފިތުރު އީދު ދުވަސް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ބީއެމްއެލް އިން ވަނީ ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ ސަގާފަތެއް ކަމަށްވާ އީދު ދުވަހުގެ ހެނދުނުގެ ސައި، ރާއްޖޭގެ އަށް ރަށެއްގައި ބާއްވާފައެވެ. އީދު ސައި ބޭންކުން ބޭއްވި އަށް ރަށަކީ އައްޑޫ ސިޓީގެ ހުޅުދޫ، ހއ. ހޯރަފުށި، ށ. ފުނަދޫ، ނ. ހޮޅުދޫ، ޅ. ނައިފަރު، އއ. ރަސްދޫ، ވ. ފެލިދޫގެ އިތުރުން މ. މުލީގައެވެ.

އީދު ސަޔަށް ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު ބީއެމްއެލްގެ މި ހަރަކާތްތައް ބޭއްވުނު ރަށްތަކުގެ ކައުންސިލާއި ރަށުގެ ރައްޔިތުން އަދި ރަށުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނުކަން ފާހަގަކޮށް އެ ކުންފުނިން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.