Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މަސްތުވެގެން ތިބި ބަޔަކު ހިންގި މާރާމާރީއެއްގައި ފުލުހަކަށް ހަމަލާދީފި

ފޮޓޯ- ޕޮލިސް މީޑިއާ

މިއަދު ހަވީރު މާލޭގައި ހިނގި މާރާމާރީއެއް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި ފުލުހަކަށް ހަމަލާދީފިއެވެ. ފުލުސް މީހާއަށް ހަމަލާ ދިނީ ތިން މީހުންގެ ތެރެއިން އެކަކު ކަމަށާއި ފުލުސް އޮފިސަރަށް ހަމަލާގެ ސަބަބުން މާބޮޑު ގެއްލުމެއް ލިބުނު ކަމެއް ފުލުހުން ފާހަގަކޮށްފައެއް ނުވެއެވެ.

މިމާރާމާރީ ހިންގާފައިވަނީ ތިން މީހުން ކަމަށާއި ތިން މީހުންވެސް ތިބީ އެވަގުތު މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިކަމުގައި ބައިވެރިވި މީހުންނަކީ 22 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މާރާމާރީގައި އެކަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު ދެން ތިބި ދެމީހުން ވަނީ ހައްޔަރުކޮށްފައެވެ. މިމާރާމާރީގައި ލިބުނު ގެއްލުމެއް، އަނިޔާގެ ތަފްސީލެއް ފުލުހުން އަދި އާންމެއް ނުކުރެއެވެ.