އައްޑޫ ސިޓީގެ އެމްޑީޕީގެ ކެމްޕެއިން ޓީމުން ރާއްވައިގެން އެއްބުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ހޮވުމަށް މިހާރު ކުރިޔަށް ގެންދާ ހަރަކާތުގައި އިއްޔެ ވެސް “ބޯޑިން ޕާސް އެއްބުރުން” ފަންޑް ރެއިޒިން ހަރަކާތް ކުރިއަށް ގެންގޮސްފި އެވެ.
އިއްޔެ ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރޭގައި "ބޯޑިން ޕާސް އެއްބުރުން” ހޯދަން ބޭނުން ފަރާތްތަކަށް ބޯޑިން ޕާސް ދޫކުރުމާއި، ޑިއުޓީ ފްރީ ޝޮޕުން ޓީޝާޓް ވިއްކުން ވެސް ކުރިއަށް ގެންދިޔަ އެވެ.
ބޮޑު ތަރުޙީބެއް ލިބުނު އިއްޔެގެ ހަރަކާތްތައް ކުރިޔަށް ގެންދެވުނީ، އުސްފަސްގަނޑުންނާއި، ސަރަހައްދީ ޖަގަހައިންނާއި، ޓީ-ޖެޓީ ކައިރިންނާއި، ވިލިމާލެ ޒުވާނުންގެ ޖަގަހައިންނާއި އަދި ހުޅުމާލެ ޖަގަހައިން ކަމަށް އެމްޑީޕީ އައްޑޫ ދާއިރާ އިން ބުންޏެވެ.