Last Updated: April 23, 18:00
Tuesday, April 23, 2024
މުނިފޫހިފިލުވުން

ފިލްމް "ސައްތޭ ޕޭ ސައްތާ"ގެ ރީމޭކްގައި އަމީތާބްގެ ރޯލުން ރިތިކް

އަމީތާބް ބައްޗަންގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ސައްތޭ ޕޭ ސައްތާ"ގެ ރީމޭކް އެއް ހެދުމަށް މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ ފަރަހް ޚާން އަދި ރޯހިތު ޝެއްޓީ ދަނީ ތައްޔާރު ވަމުންނެވެ.

އޮރިޖިނަލް ފިލްމްގެ ލީޑް ރޯލުން ފެނިގެންދިޔަ އަމީތާބްގެ ރޯލު އަދާކުރުމަށް ގެންނާނެ ތަރިއަކާއިމެދު ރޯހިތު އަދި ފަރަހް ކުރަމުންދާ މަޝްވަރާގައި ފުރަތަމަ ވާހަކަ ދެކެވިފައިވަނީ ރިތިކް ރޯޝަންއާއެވެ. އޭގެ ފަހުން ޓީމްގެ ފަރާތުން ޝާހްރުކްޚާން އަދި އަކްޝޭ ކުމާރުގެ ނަންވެސް ގެނެވިފައިވެއެވެ. އެހެން ނަމަވެސް އެ ރޯލަށް އެމީހުން ބޭނުންވަނީ އުމުރުން 40 ގައި އުޅޭ އެކްޓަރެއް ކަމުން އެންމެ ފަހުން ނިމުނީ ބަހުސް ނިމިފައިވަނީ ރިތިކްއާއި ހިސާބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމަކީ 7 ބެއިންގެ ދިރިއުޅުމުގެ މައްޗަށް ކުޅެފައިވާ ފިލްމެއް ކަމުން ގިނަ ތަރިންތަކެއް މި ފިލްމުން ފެނިގެންދާނެ ކަމަށް ބެލެވެއެވެ. މި ފިލްމުގައި އަމީތާބްގެ ރޯލަށް ގެންނަން ބޭނުންވަނީ އެހާ އުމުރުން ދުވަސްނުވާ އަދި އެހާ ޅަ ނޫން ތަރިއެއް ކަމަށް ޑައިރެކްޓަރުން ބުނެއެވެ.

މި ފިލްމުގައި ހިމެނޭ ތަރިންނާއިބެހޭ ގޮތުން ވަރަށް އަވަހަށް ނޫސްވެރިންނަށް މައުލޫމާތު ދޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.