Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ނަމާދުގައި ހުއްޓާ ވެއްޓުނު މީހަކަށް ވީޕީ ފައިސަލްއާއި ސެކިއުރިޓީއިން ދިން އެހީތެރިކަމަށް ތައުރީފް

ފޮޓޯ: މީސްމީޑިއާ ފޭސްބުކް

މިއަދު ޒިޔާރަތް މިސްކިތުގައި ހުކުރު ނަމާދަށް ހުއްޓާ ވެއްޓުނު މީހަކު ހޮސްޕިޓަލަށް ގެންދިޔުމަށް ނައިބު ރައީސް ފައިސަލް ނަސީމްއާއި އެ މަނިކުފާނުގެ ސެކިއުރިޓީއިން ދިން އެހީތެރިކަމަށް އެތައް ބަޔަކު ތައުރީފް ކޮށްފިއެވެ.

ނައިބު ރައީސްގެ ސެކިއުރިޓީން، ވެއްޓުނު މީހާ ނަގައިގެން ގެންގޮސް ނައިބު ރައީސްގެ ކާރުގައި ހޮސްޕިޓަލަށް ގެންދިޔުމަށް ކުރި މަސައްކަތުގައި އަމަލީ ގޮތުން ނައިބު ރައީސް ބައިވެރިވެވަޑައިގެން އުޅުއްވި މަންޒަރު ވެގެންދިޔައީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ މަންޒަރަކަށެވެ.

މީސްމީޑިއާގައި އެ ފޮޓޯތައް ހިއްސާކޮށް ވަރަށް ގިނަ ބަޔަކު ދަނީ އެކަމަށް ތައުރީފް ކުރަމުންނެވެ. އެ ޓީމްގެ ފަރާތުން ދައްކާފައިވަނީ ވެރިންގެ ފަރާތުން ފެންނަންޖެހޭ ވަރަށް ފުރިހަމަ މިސާލެއް ކަމަށް މީހުން ބުނެފައިވެއެވެ.

ނައިބު ރައީސަކީ ހިތްތިރި އިޚްލާޞްތެރި ރައްޔިތުންދެކެ ލޯބިވާ ބޭފުޅެއް ކަމަށް މީހުންވަނީ ސިފަ ކޮށްފައެވެ.