Last Updated: April 25, 17:59
Thursday, April 25, 2024
ޚަބަރު

މޯދީގެ ތަޤްރީރާއި ދެމެދު ނަމާދު ކުރެވޭނެ ވަގުތު އެބައޮތް: ޝެއިޚް ޒައިދު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއާއި މަޣުރިބް ނަމާދު ވަގުތާއި ދެމެދު ނަމާދު ކުރެވޭނެ ވަގުތު އެބައޮތް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"މަޖިލިސް ތެރޭގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންޖެހޭނެ. 18:45ގައި އެކަންތައް ފެށޭއިރު، 18:17ގައި މަޣުރިބް ވަގުތުވަނީ. ވީއިރު ލުއި އެއްޗެއް ކާލައިގެން ނަމާދު ކުރެވޭނެ ވަގުތު، އެ ދެމެދުގައި އެބައޮތް. އެތާ ނަމާދު ކުރެވޭނެ ތަނެއް އިންތިޒާމް ކުރުމަކީ މަޖިލިސް ރައީސްގެ ޒިންމާއެެއް." ޝެއިޚް ޒައިދު ވިދާޅުވިއެވެ.

މޯދީ މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ވަގުތާއިމެދު ގިނަ ބައެއްގެ ޚިޔާލުތަފާތުވުން ވަނީ އުފެދިފައެވެ. އެ ގަޑިއަކީ އެންމެ ކަމުދާ ގަޑި ނޫންކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު އެ ގަޑީގައި ތަޤްރީރު ކުރެއްވުން އެއީ މައްސަލައެއް ނޫންކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 18:45 ގައި ބާއްވާ މަޖިލީހުގެ ޖަލްސާގައެވެ.