Last Updated: April 24, 21:40
Wednesday, April 24, 2024
ޚަބަރު

ހުކުރު ނަމާދުގައި ހުއްޓާ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެއްޖެ

މިއަދުގެ ހުކުރު ނަމާދުގައި ހުއްޓާ ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވި އައްސަދު ސައީދު (އަސޯ) ފޮޓޯ: ސޯޝަލް މީޑިއާ

މިއަދު ހުކުރު ނަމާދަށް ހުއްޓާ މިސްކިތް ތެރެއަށް ހާލު ދެރަވެގެން ވެއްޓުނު މީހާ، ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ޒިޔާރަތް މިސްކިތުގައި ހުކުރު ނަމާދަށް ހުއްޓާ ވެއްޓި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ ސ.ހިތަދޫ، މޫންލައިޓު ވިލާ އަޝްރަފު ސައީދު (އަސޯ) (44އ)އެވެ. އަޝްރަފު އަކީ ކުރީގެ ހެލްތު މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާގެ ކޮއްކޮއެކެވެ

އަޝްރަފު މިސްކިތުގެ ތެރެއަށް ވެއްޓުމުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައީ ނައިބް ރައީސް ފައިސަލް ނަސީމްގެ ކާރުކޮޅުގައި އޭނާ ސެކިއުރިޓީންނާއި އެކުއެވެ.

އަޝްރަފު މަރުވެފައިވަނީ ޓެސްޓުތައް ވެސް ހެދުމުގައި ޑޮކްޓަރުން ޝާމިލްވެ އުޅެނިކޮށެވެ.

ނައިބު ރައީސް ފައިސަލްވެސް ވަނީ އެމީހާއާ އެއްކޮށް ހޮސްޕިޓަލަށް ވަޑައިގެންފައެވެ. އެނގިފައިވާ ގޮތުގައި ނައިބު ރައީސް އަދިވެސް ހުންނެވީ ހޮސްޕިޓަލުގައެވެ.