Last Updated: September 18, 22:21
Thursday, September 19, 2019
ކުޅިވަރު

ޑެނިއަލް ޖޭމްސް ޔުނައިޓެޑަށް އަންނަން އެއްބަސްވެއްޖެ

އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް، ސްވެންސީއަށް ކުޅެމުން އަންނަ ޑެނިއަލް ޖޭމްސް ބަދަލުވުމަށް އެއްބަސްވެއްޖެއެވެ.

ޖޭމްސް ޔުނައިޓެޑަށް ގެނައުމުގެ ހުރިހާ ކަމެއް ނިމިފައިވާކަން ކުލަބުން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. ކުލަބުން ވަނީ، ޖޭމްސްގެ މެޑިކަލް ވެސް ޔުނައިޓެޑުގެ ކެރިންޓަން ޓްރެއިނިން ސެންޓަރުގައި ނިންމާފައިވާކަން ހާމަކޮށްފައެވެ.

ނަމަވެސް ސްވެންސީއިން އެޓީމުގެ ވިންގަރު ޔުނައިޓެޑަށް ވިއްކި އަގު އަދި ޔުނައިޓެޑުން ހާމައެއް ނުކުރެއެވެ. ޓްރާންސްފާ ސީޒަން ފެށުނީއްސުރެ ޔުނައިޓެޑުން ވަނީ ޖޭމްސް ހޯދުމަށް މަސައްކަތް ކޮށްފައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ޔުނައިޓެޑުން އަންނަނީ ނަޕޯލީގެ ކުލިބާލީ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި ކްރިސްޓަލް ޕެލެސްގެ ވެން ބިސާކާ ވެސް ވަނީ ޔުނައިޓެޑުން ހޯދަން މަސައްކަތް ކުރަމުންދާ ކުޅުންތެރިންގެ ލިސްޓުގައި ހިމެނިފައެވެ.