Last Updated: April 24, 12:56
Wednesday, April 24, 2024
މުނިފޫހިފިލުވުން

ސަލްމާން އަދި އާލިއާގެ ފިލްމް "އިންޝާﷲ" ރިލީޒް ކުރުން 2020 ގައި

Inshallah: Salman Khan and Alia Bhatt in Sanjay Leela Bhansali's next

ސަލްމާން ޚާން އަދި އާލިއާ ބަޓްގެ ފިލްމް "އިންޝާﷲ" ރިލީޒް ކުރުން 2020 ވަނަ އަހަރުގެ އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމްގެ ޓީމްގެ ފަރާތުން އިއުލާން ކޮށްފިއެވެ.

ސަލްމާން ޚާންގެ ފިލްމް "ބާރަތް" ވަނީ މިއަހަރުގެ އީދަށް ރިލީޒް ކޮށްފައެވެ. އެ ފިލްމަށް ދަނީ ގިނަ ބައެއްގެ ސަޕޯޓް ލިބެމުންނެވެ. އެހެން ކަމުން އަންނަ އަހަރުގެ އީދަކީ ވެސް ސަލްމާންގެ ކާމިޔާބު އީދަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރާ ފިލްމް "އިންޝާﷲ"އަށް މިހާރުވެސް ގިނަބަޔަކު ވަނީ އިންތިޒާރުކުރަން ފަށާފައެވެ. ފިލްމް "ބާރަތް" ރިލީޒްވުމަށްފަހު ވެސް ފިލްމްގެ ޕްރޮމޯޝަނުގައި ސަލްމާން އަދި ކެޓްރީނާ ދަނީ އަވަދިނެތި ހަރަކާތްތެރިވަމުންނެވެ.

ސަލްމާންޚާންގެ ކޮންމެ ފިލްމަކީވެސް ގިނަ ބަޔަކަށް ކަމުދާ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމަކަށް ވަނީ ވެފައެވެ. މަޝްހޫރު ނަމުންނަމަ ބާއިޖާންގެ ކޮންމެ ހަރަކާތަކަށް ފިދާވާން ތައްޔާރަށް ތިބޭ ސަޕޯޓަރުން އިންތިހާއަށް ގިނައެވެ.