Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މޯދީ ރާއްޖެ ވަޑައިގެންފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންނެވުމުން ރައީސްގެ ފަރާތުން މަރުހަބާ ދަންނަވަނީ: ފޮޓޯ މިހާރު

ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދާދި ދެންމެއަކު ރާއްޖެ ވަޑައިގެންފިއެވެ.

މޯދީގެ ވަފުދާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމަނިކުފާނު ވަޑައިގަތް ބޯޓު ޖެއްސީ 15:10 ގައެވެ. ރައީސް ސޯލިހުގެ ދައުވަތަކަށް މޯދީ ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުމަށް ހަމަޖެހިފައިވާއިރު މިރޭ އިރުއޮއްސުމުން މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުވެސް ކުރައްވާނެއެވެ.

ރައީސް ސޯލިހްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ހުސްވި އަހަރުގެ ނޮވެމްބަރު މަހުވެސް މޯދީ ވަނީ ރާއްޖެ ޒިޔާރަތް ކުރައްވާފައެވެ.

މިއީ މިދިޔަ މަހު ބޭއްވުނު އާންމު އިންތިޚާބުން ކާމިޔާބު ހޯއްދަވައި ދެވަނަ ދައުރަކަށް ހުވާކުރެއްވުމަށް ފަހު މޯދީ ގައުމުން ބޭރަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.