Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

އުމުރުން ދުވަސް މީހަަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި

ސ. ހިތަދޫގައި މިއަދު މެންދުރު ފަހު އުމުރުން ދުވަސްވީ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާ ލިބިފައިވަނީ ހިތަދޫ ސައިފަތްމާގެ، ހަސަން ފުތާ،65، އަށެވެ.

މި ހާދިސާގައި ހަސަން ފުތާގެ ވާތް ފަރާތު ކަންފަތާއި ކަނާތް އަތް ޒަހަމްވެފައިވާ ކަަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ. އަދި އޭނާ އަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާ ހިނގާފައިވަނީ ހިތަދޫ މަނިކު ބޯޅަ ދަނޑާއި ދިމާލުން އަތިރި މަތިންނެވެ. އެ ހިސާބުން ވާހަކަ ދެއްކި މީހަކު ބުނީ ހަސަން ފުތާ މަސް ކެނޑުމަށް އަތިރި މައްޗަށް ފޭބުމަށް ފަހު އަންނަނިކޮށް ބަޔަކު މީހުން އޭނާ އަށް ހަމަލާ ދިނީ ކަމަށެވެ. އަދި އޭނާގެ ވޮލެޓް ފޭރިގެންފައިވާ ކަމަށް ވެ އެވެެ.

ހޮސްޕިޓަލް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އެބަ ދެ އެވެ. ފުލުހުން ބުނީ މި ހާދިސާ އާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުުރާ ކަމަށެވެ.

"އަދި އަޅުގަނޑުމެންނަށް މިކަމާ ގުޅޭ ގޮތުން އޭނާ [ހަސަން ފުތާ] އާ ސުވާލެއް ވެސް ނުކުރެވޭ. އޭނާ ހަމައަކަށް އެޅުނީމަ މި ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން އިތުރަށް މައުލޫމާތު ސާފު ކުރެވޭނެ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.