Last Updated: April 25, 20:04
Thursday, April 25, 2024
މުނިފޫހިފިލުވުން

ޝްރައްދާ ކަޕޫރު 74 އަހަރުގެ މުސްކުޅި އަންހެނެއްގެ ރޯލު ކުޅެނީ

2014 ވަނަ އަހަރު ނެރެފައިވާ ކޮރެއަން ޑްރާމާ "މިސް ގްރެނީ"ގެ ހިންދީ ރީމޭކްގައި 74 އަހަރުގެ މިސް ގްރެނީގެ ރޯލު ކުޅުމަށް ޝްރައްދާ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކޮރެއަން މި ޑްރާމާގެ ތެލުނގޫ ފިލްމެއް ވެސް ވަނީ އުފައްދާފައެވެ. އެ ފިލްމުގައި ލީޑް ރޯލު އަދާކޮށްފައިވަނީ ސަމަންތާ އައްކިނޭނީއެވެ. މި ފަހަރު ތައްޔާރު ކުރެވޭ ހިންދީ ރީމޭކް ޕްރޮޑިއުސް ކުރުމަށް ހަމަޖެހިފައިވަނީ ސުރޭޝް ބާބޫއެވެ.

މި ފިލްމުގައި ފެނިގެންދަނީ 74 އަހަރުގެ ގްރޭނީ އެންމެ ފަހުގެ ފޮޓޯނެގުމަށް ސްޓޫޑިއޯއަކަށް ދިޔުމުން ޖާދުވީ ގޮތަކަށް އޭނާ 20 އަހަރުގެ އަންހެނަކަށް ބަދަލުވާ މަންޒަރެވެ. އެއަށްފަހު އޭނާގެ މާމަ ދަރިފުޅު މަސައްކަތްކުރާ މިއުޒިކް ބޭންޑެއްގައި އޭނާވެސް މަސައްކަތް ކުރަން ފަށައެވެ. އެހެން ނަމަވެސް އޭނާގެ މާމަ ދަރިއަކަށް އެއީ އޭނާގެ މާމަ ކަމެއް ނޭނގެއެވެ.

މީގެ އިތުރުން ޝްރައްދާ ވަރަށް އަވަހަށް ނިތިޝް ތިވާރީގެ ފިލްމް"ޗިޗޯރޭ" އިންވެސް ފެނިގެންދާނެއެވެ. އެ ފިލްމުގައިވެސް އޭނާ ފެނިގެންދާނީ އުމުރުން ދުވަސްވެފައިވާ އަންހެނެއްގެ ރޯލުންނެވެ.