Last Updated: April 18, 10:05
Thursday, April 18, 2024
ޚަބަރު

މާލޭގައި ޒުވާން އަންހެނަކާއި ފޮށުނު މައްސަލައެއް ފެންމަތިވެއްޖެ!

މާލޭގެ މަގުމަތިން ހިނގާފައިދިޔަ ޒުވާން އަންހެނަކާ ފޮށުނު މަައްސަލައެއް ފެންމަތިވެ ފުލުހުން އެކަން ބަލަން ފަށައިފިއެވެ.

މި މަައްސަލަ ފެންމަތިވެ އާންމުންގެ ސަމާލުކަން ލިބިގެންދިޔައީ ޓުވީޓާގައި އާންމުވެފައިވާ ވީޑިއޯއެއްގެ ސަބަބުންނެވެ. މި އަންހެންމީހާ ވަނީ އޭނާގެ ފޯނުން ރެކޯޑްކޮށްފައިވާ ވީޑިއޯ ޓުވިޓާގައި އާންމުކޮށްފައެވެ. މި ވީޑިއޯ ބެލުމަށްފަހު ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއާ ފޮށުނު މީހާއަށް އަމާޒުވެގެންދިޔައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުން އަންހެންމީހާއާއި ބެހުނު މެދު އުމުރުގެ މީހާ އޭނާއާއި ދިމާލަށް ފޯނު ދިމާކޮށް، އަންހެންމީހާ އާއި ފޮށި ދެއްކި ވާހަކަތައްވެސް އެ ވީޑިއޯގައި ވެއެވެ.

އަންހެންމީހާ ޓުވީޓުކޮށްފައިވަނީ ހިނގާފައި ގެއަށްދާކޮންމެ ފަހަރަކުވެސް މީހުން ފޮށެއުޅޭ ކަމަށެވެ. ނަމަވެސް ދުވަހަކުވެސް މިވަރަށް ފުރައްސާރައެއްކޮށްފައި ނުވާކަމަށެވެ. އަދި އޭނާއާއި ފޮށުނު މީހާއަކީ އޭނާގެ ކާފަމެންގެ އުމުރުގެ މީހެއްކަމަށާއި، އޭޑީކޭއިން ފަށައިގެން ސްކޫޕާއި ހަމަޔަށް އޭނާ ފަހަތުން މިމީހާ އައި ކަމަށެވެ.

"ހިނގާފަ ގެއަށްދާ ކޮންމެ ފަހަރަކުވެސް ފޮށުމާ ކުރިމަތިވޭ. ކޮންމެ ދުވަހަކުހެން ގިނަ އަންހެން ކުދިންނަށްވެސް މިކަމާކުރިމަތިލާންޖެހޭ. އެކަމަކު ދުވަހަކުވެސް މިވަރަށް މީހަކު ފުރައްސާރައެއް ނުކުރޭ. އެންމެފަހުން މަގު މެދުގައިހުރެ އަހަންނަށް ރޮވުނީ. ވަރަށް ގިނަ މީހުން މަޑުކޮށްގެން މަންޒަރު ބަލަންތިބި އެކަމަކު އެއްވެސް މީހަކު އެހީއެއް ނުވޭ" އޭނާކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.

މި އަންހެންމީހާވަނީ އޭނާއާ ފޮށުނު މީހާގެ ވީޑިއޯ އާންމުކޮށް، އޭނާއާއި އޭނާގެ އާއިލާ މީހުންނަކީ ކޮބައިތޯ ބަލައި ދިނުމަށްވެސް އެދިފައެވެ.

މުޖްތަމައުގައި އަންހެނުންނަށްކުރާ ފުރައްސާރަ ވަކި މަދެއް ނޫނެވެ. އަދި އެމީހުންނާއި ފޮށުމާއި، އެމީހުންގެ ޙައްޤުތަކައް އަރައިގަންނަ ފަހަރުވެސް ވަކި މަދެއް ނޫނެވެ. މިއީ އަހަރުމެން އެންމެވެސް އެއްބާރުލުން ދީގެން ހައްލުކުރަންޖެހޭ ކަމެކެވެ. މިކަމަށް ހުއްޓުމެއް ގެނައުމަކީ އަހަރުމެން އެންމެންގެވެސް ޒިންމާއެކެވެ.