Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

ހިލޭ ނާސްތާ ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެެއް ކަމަށްވާ ސްކޫލް ކުދިންނަށް ހިލޭ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް މިއަދު ރަސްމީކޮށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފަށައިފިއެވެ.

އައްޑޫގައި މި ޕްރޮގްރާމް ފެށުމުގެ ގޮތުން އައްޑޫ ހައި ސްކޫލުގައި ވަނީ ޚާއްސަ ޖަލްސާއެއް ވެސް ބާއްވާފައެވެ. މި ޖަލްސާގައި މޭޔަރ އަބްދުﷲ ސޯދިގްގެ އިތުރުން ކައުންސިލަރުންނާއި ސްކޫލްގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަހަރުގެ ފުރަތަމަ ޓާމުގައި ހިލޭ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމެއް ބައެއް ސްކޫލްތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މުޅި ރާއްޖޭގައި މި ޕްރޮގްރާމް ފަށާފައިވާއިރު ރައީސް ސޯލިހް ވަނީ ކިޔަވާ ކުދިން ކިޔަވަން ފެށުމުގެ ކުރިން ރަނގަޅު ނާސްތާއެއް ނެގުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކަވާފައެވެ.

ނާސްތާ ޕްރޮގްރާމުގައި ކޮންމެ ދަރިވަރަކަށް ކިރު ޕެކެޓަކާއި ބިހެއް އަދި ސޭންޑްވިޗަކާއި ދޮންކެޔޮ ވަކެއް ލިބިގެންދާނެއެވެ. މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުވެސް ފައްޓަވަން ގަސްދު ކުރެއްވި ޕްރޮގްރާމެކެވެ.