Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

ހަސަނަކީ ފުލުހުންގެ ސިވިލް މަގާމެއް ފުރި މީހެއް!

އެސްއޯ ފުލުހުންތަކެއް މީހަކާ ވާހަކަ ދައްކަނީ: ކުށް މަދު ކުރުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުން. ފޮޓޯ/ ޕޮލިސް

އިއްޔެ ތޫނު އެއްޗަކުން ހަމަލާދީ ހިތަދޫގައި ޒަހަމްކޮށްލި އުމުރުން ދުވަސްވީ މީހާއަކީ ފުލުހުންގެ ސިވިލް މަގާމެއް އަދާ ކުރުމަށް ފަހު ޝަރަފްވެރިކަމާ އެކު ރިޓަޔާކޮށްފައިވާ މީހެެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އިއްޔެ މެންދުރު ބަޔަކު އެ ރަށު ސައިފަތްމާގޭ ހަސަން އަލީ (ހަސަން ފުތާ)، 65، އަށް ހަމަލާ ދިނުމަށް ފަހު އޭނާގެ ވޮލެޓާއި މޮބައިލް ފޯނު ވެސް ފޭރެގިންފައިވާ ކަމަށެވެ.
މި ހާދިސާގައި އޭނާގެ އެއް އަތާއި އެއް ކަންފަތް ޒަހަމްވި ނަމަވެސް ސީރިއަސް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ހަސަން ފުތާއަށް ބަޔަކު ހަމަލާ ދިނީ އޭނާ މަސް ކަނޑަން ހިތަދޫ މަނިކު ބޯޅަ ދަނޑާ ދިމާލުން އަތިރި މައްޗަށް އެރި އުޅެނިކޮށެވެ.

ފުލުހުން ބުނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.