ރުފިޔާ އެކައުންޓްތަކަށް މީގެ ކުރިން ދޫކޮށްފައިވާ ވިސާ ޑެބިޓް ކާޑުތަކުގެ ތެރެެއިން މުއްދަތު ހަމަވެގެން ނުވަތަ އެހެން ސަބަބުތަކާ ހެދި ބޭނުން ނުކުރާ ކާޑުތައް އާކޮށްދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
ބީއެމްއެލް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މުއްދަތު ހަމަވެގެން ނުވަތަ އެހެން ސަބަބަކާ ހުރެ ވެސް މިހާރު ބޭނުން ނުކޮށް ހުރި ކާޑުތައް އާކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި މިއީ ވިސާ ޑެބިޓް ކާޑުގެ ބޭނުންކުރާ ފަރާތްތަކަށް މެދު ނުކެނޑި އެ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ދިން ފުރުސަތެއް ކަމަށް ވެސް ބީއެމް އިން ބުންޏެވެ.
އެ ބޭންކުން ބުނީ މިއީ ހަމައެކަނި ދިވެހިންނަށް ދޭ ހިދުމަތެއް ކަމަށާއި ބިދޭސީންނަށް ވިސާ ޑެބިޓް ދޫކުރެވޭނީ ޑޮލަރު އެކައުންޓުން ކަމަށް ވެސް އެ ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.