Last Updated: June 10, 00:02
Wednesday, June 10, 2026
މުނިފޫހިފިލުވުން

ސަލްމާނާއި ޕްރަބޫދޭވާ އާ ފިލްމަކާ ދިމާއަށް

"ވޯންޓެޑް" ގެ ބޮޑު ކާމިޔާބީއެއް ފަހު ސަލްމާން ހާނާއި ޕްރަބޫދޭވާ އަލުން އެކުގައި ފިލްމެއް ގެނެސް ދޭނެ ދުވަހަކަށް ގިނ ބަޔަކު ތިބީ އިންތިޒާރުކޮށްގެންނެވެ.

މިހާރު އަޑުތައް އިވޭ ގޮތުން އެ ދެ މީހުން އަންނަނީ ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.
މަޝްހޫރު ކޮރިއޯގްރާފަރު ޕްރޫބާދޭވާ ޑައިރެކްޓަރުގެ ގޮނޑީގައި ފޫހަރުކޮށްލި ފުތަރަމަ ފިލްމާ އެކު އޭނާ ވަނީ ކުޅަދާނަ ޑައިރެކްޓަރެއްކަން ސާބިތުކޮށް ދީފަ އެވެ.

އެގޮތުން ސަލްމާން ހިމަނައިގެން އޭނާ ޑައިރެކްޓް ވަރުގަދަ އެކްޝަން ފިލްމް 2009 ވަނަ އަހަރު ރިލީޒްވި "ވޯންޓެޑް" އަކީ ގިނަ ބައެއްގެ ތަރުހީބު ލިބުނު ފިލްމެކެވެ.

އެހެންވެ އަލުން ސަލްމާނާ އެކު މަސައްކަތް ކުރަން ޕްރަބޫދޭވާ ހުރީ ކެތްމަދުވެފަ އެވެ. އޭނާ ބުނީ ސަލްމާނާ އެކު އަލަށް ފަށާ ފިލްމްގެ މަސައްކަތް އަދި އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށެވެ. އެހެންވެ ފިލްމާ ބެހޭ ގޮތުން މާ ބޮޑު ތަފުސީލެއް އަދި ދެވޭކަށް ނެތް ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް މި ފިލްްމް ޕްރޮޑިއުސް ކުރަނީ ޓިޕްސް އިންޑަސްޓްރީސް ލިމިޓެޑުންނެވެ.

"ވޯންޓެޑް" އަށް ފަޖު ޕްރަބޫ ޑައިރެކްޓް ކުރި ދެވަނަ ފިލްމް "ރައުޑީ ރާތޯރް" އަށް ވެސް ބޮޑު ކާމިޔާބީއެއް ލިބިފައިވެ އެވެ. އެ ފިލްމްގެ ލީޑް ރޯލް ކުޅެފައި ވަނީ އަކްޝޭ ކުމާރެވެ.

ޕްރަބޫދޭވާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި މިމަހުގެ 21 ގައި ރިލީޒް ކުރާ ޕްރޮޑިއުސަރު ކުމާރު ތައުރާނީގެ ފިރިހެން ދަރިފުޅު ގިރިޝް ތައުރާނީ ބޮލީވުޑަށް ތައާރަފްވާ "ރަމަޔާ ވަސްތާވަޔާ" އާއި ޝަހީދު ކަޕޫރު ލީޑް ރޯލް ކުޅޭ "ރާމްބޯ ރާޖް ކުމާރު" ހިމެނެ އެވެ.