Last Updated: October 20, 23:39
Monday, October 21, 2019
މުނިފޫހިފިލުވުން

ދީޕިކާ ފިލްމް '83' އަށް ސޮއި ކޮށްފައިވަނީ 14 ކްރޯޑް ރުޕީސްއަށް

މަޝްހޫރު ހިންދީ ފިލްމް ބަތަލާ ދީޕީކާ ޕަޑުކޯން ކަބީރު ޚާން ޑައިރެކްޓްކުރާ ފިލްމް '83' އަށް ސޮއިކޮށްފައިވަނީ 14 ކުރޯޑު ރުޕީސްއަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމަކީ އަނެއްކާވެސް ދީޕިކާ އަދި އޭނާގެ ފިރިމީހާ ރަންވީރް ސިންގް އެކުގައި މަސައްކަތް ކުރާ ފިލްމެކެވެ. މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ އިންޑިއާގެ ކުރީގެ ކްރިކެޓް ޓީމްގެ ކެޕްޓަން ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ކުޅޭ މި ފިލްމުގައި ކަޕިލްގެ ރޯލު އަދާކުރަނީ ރަންވީރުއެވެ. އަދި ކަޕިލްގެ އަނބިމީހާ ރޯމީ ބާޓިއާގެ ރޯލު އަދާ ކުރަނީ ދީޕިކާއެވެ. އަދި މި ފިލްމަކީ މި ދެތަރިން އެކުގައި ކުޅޭ ފިލްމެއްގައި ފިލްމު ނިމޭއިރު މަރުނުވެ ތިބޭނެ ފުރަތަމަ ފިލްމް ކަމަށް ވެގެންދާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމުގައި ފުރަތަމަ ފަހަރަށް 1983 ވަނަ އަހަރު އިންޑިއާގެ ކްރިކެޓް ޓީމް ވޯލްކަޕްގެ ތަށި އުފުލާލީ ގޮތުގެ ތާރީޚީ މަންޒަރުތައް އާންމުންނާއި ހަމަޔަށް ފިލްމުގެ ގޮތުގައި ދައްކާލާނެ ކަމަށް ވެއެވެ.

މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާގެ ކްރިކެޓް ޓީމާއި އެ ޓީމްގެ ކުރިއެރުމެވެ. އެ ޓީމް މިހާރު ވަނީ މި ފިލްމްގެ ޝޫޓިންގ އަށް ޔޫކޭއަށް ގޮސްފައެވެ. ދާދި އަވަހަށް ދީޕިކާވެސް ފިލްމް ޓީމާއި ގުޅޭނެއެވެ.