Last Updated: April 26, 20:10
Friday, April 26, 2024
ޚަބަރު

މަސްލަޙަތު ފުށުއަރާ ކޮމިޓީއެއްގައި ހުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: ޒައިދު

މަސްލަޙަތު ފުށުއަރާ ކޮމިޓީއެއްގައި، އެއްވެސް މީހަކު ހުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"މަސްލަޙަތު ފުށުއަރާ ކޮމިޓީއެއްގައި، އެއްވެސް މީހަކު ހުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. މީގެ އިތުރުން ދައުވާ ކުރާ ފަރާތާއި، މައްސަލަބަލާ ފަރާތާއި، ހުކުމް ކުރާ ފަރާތާއި މިއީ އެކަކުނަމަ، އެއަކު ދެން ހަމައެއް ލަމައެއް ނޯންނާނެ. އޭރުން އޮންނާނީ ބަދަލު ހިފުން. އެތިކްސް ނެތީމަ އެހެން ވަނީ." ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ހިސާން އަކީ މަޖިލީހުގެ ފަރާތުން ޖޭއެސްސީ އަށް ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރު ކަމަށްވާއިރު، ބައެއް ފަރާތްތަކުން އަންނަނީ ޝަރުއީ ދާއިރާގެ ކަންކަން ބެލުމަށް އުފައްދާފައިވާ ކޮމިޓީގައި ހިސާން އިންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ބުނަމުންނެވެ.

އެކަމާ ގުޅިގެން ހިސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނަގެ މަސްހަލަތު ފުށުއަރާ ޖޭއެސްސީ އޯވަސައިޓް މަސައްކަތެއްގައި ބައިވެރިނުވާނެ ކަމަށާއި އަދި ޖުޑިޝަރީ ކޮމިޓީ މެންޑޭޓުގައި ހިމެނެނީ ހަމަ އެކަނި ޖޭއެސްސީގެ އޯވާސައިޓް މަސައްކަތް ނޫން ކަމަށެވެ.