Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޖުޑިޝަރީގެ ވިޔާނުދާ އަމަލުތަކުގެ ފައިދާ ލިބިގަންނަ މީހުން ސާފު: ނިޒާރު

ޖުޑިޝަރީގެ ވިޔާނުދާ އަމަލުތަކުގެ ފައިދާ ސިޔާސީގޮތުން ލިބިގަންނަ މީހުން ވަރަށް ސާފު ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އަލީ ނިޒާރު މިހެން ވިދާޅުވެފައިވާ އިރު އެއީ ކޮންބައެއް ކަމެއް ނަމުން ހާމަކޮށްފައިނުވި ނަމަވެސް ކޮންމެވެސް ވަރެއްގެ އިޝާރާތެއް ވަނީ ކުރައްވާފައެވެ.

"ޖުޑިޝަރީގެ ވިޔާނުދާ އަމަލުތަކުގެ ފައިދާ ސިޔާސީގޮތުން ލިބިގަންނަ މީހުން ވަރަށް ސާފު. އަދި އެ ފަނޑިޔާރުންގެ ދިފާޢުގައި ބަސް އެބުނަނީ އެމީހުންނަކީ މި ދިވެހިންނަށް އެއްވެސް ކުލުނެއްނުވާ ބައެއްކަން ސާބިތުކޮށްްދޭން." ނިޒާރު ވިދާޅުވިއެވެ.