މިއަދު މެންދުރު 1:30 އެހާކަށްހާ އިރު މަރަދޫ ބޯޅަ ދަނޑާ ދިމާލުން ބޮޑު މަގުން ސައިކަލެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓެއް ހިނގައި ސައިކަލް ދުއްވަން އިން މީހާގެ ބޯފެޅިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވެފައި ވަނީ ހިތަދޫ ކުދީނާގެ، އިބްރާހިމް ޝަރީފް، 40، އެެވެ.
މަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ ހާދިސާ ހިނގާފައި ވަނީ ޝަރީފް ދުއްވި ސައިކަލް ހިތަދޫން އައިސް މަރަދޫ ބޮޑު މަގަށް އެރުމުގައި ކޮންޓްރޯލް ނުވެ ޕޭވްމަންޓްގައި ޖެހިގެންނެވެ.
މިހާދިސާގައި ޝަރީފް ވިއްސައިގެން ގޮސް ޖެހުނީ ޕޭވްމަންޓްގެ އަރިމަތީގަ އެވެ. އަދި އޭނާގެ ބޮލުގެ ފުއްކިބައިން ބޮޑު ތަނެއް ފަޅައިގެން ގޮސް ގިނަ އަދަދަކަށް ލޭ އެސަރަހައްދަށް ވެއްޓިފައި ހުއްޓެވެ.
މިހާރު އޭނާ އަށް ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.