Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

10 ވަނަ އިންޑިއަން ފިލްމް ފެސްޓިވަލްގެ ޗީފް ގެސްޓްއަކަށް ޝާހްރުކް ޚާން

އޮސްޓްރޭލިއާގެ މެލްބޯންގައި އޮގަސްޓް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ އިންޑިއަން ފިލްމް ފެސްޓިވަލްގެ ޗީފް ގެސްޓްއަކަށް ޝާހްރުކް ޚާން ހަމަޖައްސައިފިއެވެ.

މި ފެސްޓިވަލްގެ ޗީފް ގެސްޓްއަކަށް ޝާހްރުކް ޚާން ހަމަޖެއްސުމަށް ފޮނުވި ދައުވަތު އޭނާ ވަނީ ގަބޫލު ކޮށްފައެވެ. ޝާހްރުކް ޚާން ވަނީ އެއީ ލިބުނު ފަޚުރެއް ކަމަށް ގަބޫލުކުރާ ކަމަށް ބުނެފައެވެ.

މި ފަހަރުގެ ފިލްމް ފެސްޓިވަލްގެ ތީމްއަކަށް ހަމަޖެހިފައިވަނީ "ހިތްވަރު" އެވެ. މިއީ އެންމެ އެކަށީގެންވާ ތީމް ކަމަށް ގަބޫލުކުރާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިފަދަ ފެސްޓިވަލް ތަކަކީ އަބަދުވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެވޭ ފެސްޓިވަލް ތަކެކެވެ. އެހެން ކަމުން އާދައިގެ މަތިން މިފެސްޓިވަލް ވެސް ވެގެންދާނީ އާދަޔާއި ޚިލާފަށް ކުލަގަދަ ފެސްޓިވަލްއަކަށް ކަމަށް ބެލެވެއެވެ.