ސ. ހިތަދޫގައި އިއްޔެ ތޫނު އެއްޗަކުން އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށް، އިތުރު މީހަކު ހޯދަން ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ އިއްޔެ މެންދުރު ފަހު ހިނގި ހާދިސާ އާ ގުޅިގެންރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އިތުރު މީހަކު ފުލުހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 14 އަހަރުގެ އަންހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކޯޓްގެ އަމުރުގެ ދަށުން މި މީހުން ހޯދަމުން ދަނިކޮށް ހިތަދޫ މަގުމަތިން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މި ހާދިސާގައި ޝާމިލްވާ ކަމަށް ބެލެވޭ އިތުރު މީހަކު މިހާރު އަންނަނީ ހޯދަމުންނެވެ.
މިޙާދިސާގައި އަނިޔާވެފައި ވަނީ ހިތަދޫ ސައިފަތްމާގޭ ޙަސަން ޢަލީ (ހަސަން ފުތާ)، 65، އެވެ.
އޭނާ އަކީ މޯލްޑިވްސް ޕޮލިސް ސަވިސްގައި ސިވިލް މަޤާމެއް ފުރުއްވުމަށް ފަހު ޝަރަފުވެރި ކަމާއިއެކު ރިޓަޔަކޮށްފައިވާ މީހެކެވެ.
ތޫނު އެއްޗަކުން އޭނާ އަށް ހަމަލާ ދިން ޙާދިސާގައި އޭނާގެ ވޮލެޓާއި މޮބައިލް ފޯން ވެސް ވަނީ ފޭރިގެންފަ އެވެ.