Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

މިރޭ އެކްސިޑެންޓްވި ސަރަހައްދުގައި އާންމުންނާއި ފުލުހުން ހަރަކާތްތެރި ވަނީ. ފޮޓޯ/ އައްޑު ލައިވް

ސ. ހިތަދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ހިތަދޫ ބޮޑު މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެެއް ކޮންޓްރޯލް ނުވެ ގޮސް ބޮޑު މަގުގައި ހުންނަ "ފޭލި" ފިހާރައިގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ޖެހިގެންނެވެ.

މި ހާދިސާގައި އަނިޔާވި ދެ މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިހާރު ފަރުވާ ދެމުން އަންނަ އިރު އެކަކުގެ ހާލު ސީރިއަސްވުމާއި އެކު އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަނީ މައުލޫމާތު ލިބިފައިއެވެ.