Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޖުޑީޝަލް ރީފޯމް ނުހުއްޓޭނެ، އަދި ނުވެސް ހުއްޓުވޭނެ: ހިސާން

ޖުޑީޝަލް ރީފޯމް ނުހުއްޓޭނެ ކަމަށާއި އަދި ނުވެސް ހުއްޓުވޭނެ ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވެފައިވަނީ ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީއިން ނިންމި ނިންމުމަކީ ގާނޫނާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް މަޖިލިސްގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފި ކަމަށާއި އަދި ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅަން ފާސްކޮށްފައިވާ ކަމަށް ރާއްޖެއެމްވީ ޓްވިޓާގައި ކޮށްފައިވާ ޓްވީޓެއް ހިއްސާ ކުރައްވާ އެ ކަމަނާ ކުރެއްވި ޓްވީޓެއްގައެވެ.

"މިދިޔަ ރިޔާސީ އިންތިޚާބުގައި އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން ސަރުކާރަށާއި މަޖިލިސްއަށް ދިން މޭންޑޭޓް ވަރަށް ސާފު. ޖުޑީޝަލް ރީފޯމް ނުހުއްޓޭނެ، އަދި ނުވެސް ހުއްޓުވޭނެ. ޖުޑީޝަލް ރީފޯމްގެ މަސައްކަތް އެއް މިސްރާބެއްގައި ދަނީ ކުރިޔަށް." ހިސާން ވިދާޅުވިއެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި ހިމެނިވަޑައިގެންނެެވިނަމަވެސް، ޖޭއެސްސީ އާއި ގުޅޭ ބައްދަލުވުންތަކުގައި ހިސާން ބައިވެރިވެވަޑައެއްނުގަންނަވަ އެވެ. އެއީ މަސްލަހަތު ފުށުއެރުމެއް އައިސްދާނެތީވެއެވެ. އަދި އެފަދަ އެއްވެސް އަމަލެއް ނުކުރައްވާނެ ކަމަށް އެ ކަމަނާ ވަނީ ކުރިން ވެސް ވިދާޅުވެފައެވެ.

އާދިއްތަ ދުވަހުގެރޭ ބޭއްވި ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ޖޭއެސްސީ ނިންމި ނިންމުމަކީ ޤާނޫނު އަސާސީ އާއި، ޤާނޫނުތަކުން އެ ކޮމިޝަނަށްދީފައިވާ ބާރުތަކުގެތެރެއިން ނިންމި ނިންމުމެއް ކަމަށެވެ. އަދި އެ ކޮޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ވަނީ ފާސްކޮށްފައެވެ.