Last Updated: April 25, 20:50
Thursday, April 25, 2024
މުނިފޫހިފިލުވުން

ޝާހްރުކް ޚާން މީރު ފައުންޑޭޝަން ވެބްސައިޓް ލޯންޗު ކޮށްފި

ޝާހްރުކް ޚާން އޭނާގެ އެންޖީއޯގެ ވެބްސައިޓް ކަމަށްވާ މީރު ފައުންޑޭޝަން ވެބްސައިޓް ލޯންޗްކޮށްފިއެވެ.

ޝާހް މި ވެބްސައިޓް ލޯންޗްކޮށްފައިވަނީ ދުނިޔޭގައި ފާހަގަކުރާ ބައްޕައިންގެ ދުވަހާއި ދިމާކޮށެވެ. އެ ވެބްސައިޓަށް ނަން ދީފައިވަނީ ޝާހްގެ ބައްޕަގެ ނަމުންނެވެ. އެއީ މީރު ތާޖް މުހައްމަދު ޚާންއެވެ.

ވެބްސައިޓް ލޯންޗު ކުރުމަށްފަހު އޭނާ ކޮށްފައިވާ ޓްވީޓެއްގައިވަނީ އޭނާގެ ވެބްސައިޓަށް ދީފައިވާ ނަމަކީ އޭނާގެ ބައްޕަގެ ނަން ކަމަށެވެ. އަދި ބައްޕައިންގެ ދުވަހަށް ވުރެ އެކަމަށް އެކަށީގެންވާ ދުވަހެއް ނޯންނާނެކަމަށް އޭނާ ގަބޫލު ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

މީރު ފައުންޑޭޝަންގެ އަމާޒަކީ އަންހެނުން ބާރުވެރި ކުރުވާ އެމީހުންގެ ހައްގު މަގާމު އެ މީހުންނަށް ހޯދައިދީ އެކަމުގެ ހިތްހަމަޖެހުން ހޯދައިދިނުން ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.

މިހާރު ކުރީކޮޅު ޝާހްއަށް ވަނީ އިންސާނީ ހައްގުތަކަށާއި، ކުށް މަދުކުރުމަށް ހިތްވަރުދީ މަސައްކަތް ކޮށްފައިވާތީ އެކަމުގެ އަގުވަޒަންކޮށް ލަންޑަންގެ ޔުނިވާސިޓީ އޮފް ލޯ ގެ ފަރާތުން އޮނަރަރީ ޑޮކްޓަރޭޓްއެއް އަރުވާފައެވެ.