Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މިސް އިންޑިއާ ވޯލްޑް 2019 ސުމަން ރާއޯ ކާމިޔާބު ކޮށްފި

މިސް އިންޑިއާ ވޯލްޑް 2019، އިންޑިއާގެ ރާޖަސްތާނަށް އުފަން 20 އަހަރުގެ ސުމަން ރާއޯ ކާމިޔާބު ކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ މުމްބާއީގެ ސަރްދާރު ވައްލަބްބާއި ޕަޓޭލް އިންޑޯ ސްޓޭޑިއަމްގައި ބޭއްވުނު ރަސްމިއްޔާތުގައި ސުމަންއާއި ތާޖް ހަވާލުކޮށްދީފައިވަނީ ވޭތުވި އަހަރުގެ މިސް އިންޑިއާ އަނުކްރީތީ ވާސްއެވެ.

ސުމަން ދަނީ މިވަގުތު ޗާޓެޑް އެކައުންޓެންސީ ކޯސް ހަދަމުންނެވެ. މި މުބާރާތުގެ އިތުރުން ސުމަން ވަނީ މިސް ރާޖަސްތާން 2019 ވެސް ކާމިޔާބު ކޮށްފައެވެ.

މިސް އިންޑިއާ ވޯލްޑް 2019ގެ މުބާރާތުގެ ތެރޭގައި ސުމަން ވަނީ މިސް ރޭމްޕްވޯކް އެވޯޑްވެސް ހާސިލްކޮށްފައެވެ.