ޕަރިނީތީ ޗޯޕްޅާ އާއި ސުޝާންތު ސިންގް ރާޖްޕުޓް ލީޑް ރޯލް ކުޅޭ "ޝުދް ދޭސީ ރޮމާންސް" ސެޕްޓެމްބަރު މަހުގެ 13 ވަނަ ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މި ފިލްމްގެ ސްޓިލް ޕޯސްޓަރާއި ޑިޖިޓަލް ޕޯސްޓަރު ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. "ޝުދް ދޭސީ ރޮމާންސް" އަކީ ޕަރިނީތީ ބޮލީވުޑަށް ތައާރަފްވި ފިލްމް "ލޭޑީސް ވާސަސް ރިކީ ބާލް" ގެ ޑައިރެކްޓަރު މަނީޝް ޝަރްމާގެ ޑައިރެކްޝަނެކެވެ.
އަދި މިއީ މި އަހަރު ރިލީޒްވި "ކައި ޕޯޗޭ" އިން ބޮލީވުޑަށް ތައާރަފްވި ސުޝާންތުގެ ދެވަނަ ފިލްމް ވެސް މެެ އެވެ.
"ޝުދް ދޭސީ ރޮމާންސް" ގައި ޕަރިނީތީ އާއި ސުޝާންތުގެ އިތުރުން ރިޝީ ކަޕޫރާއި ވާނީ ކަޕޫރު ވެސް މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.
މި ފިލްމްގެ ސްކްރިޕްޓް ލިޔެ، ފިލްމްގެ ލަވަތައް ވެސް ލިޔެފައި ވަނީ ޖެއިދީޕް ސާނީ އެވެ. ފިލްމްގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ ސަޗިން/ޖިގަރް އެވެ.