Last Updated: July 1, 06:04
Wednesday, July 1, 2026
ވިޔަފާރި

ބުކް ސީޒަންގެ ނަސީބުވެރިން ހޮވައިފި

ބުކް ސީޒަންގެ ލަކީ ދްރޯ ހަފުލާގެ ތެރެއިން: އެއް ވަނަ އިނާމަކަށް 10.000ރ ދީފައިވޭ.

ސ. ހިތަދޫ ބުކް ސީޒަނުން މި އަހަރު ސްކޫލް ސީޒަނާ ދިމާކޮށް ބޭއްވި ލަކީ ޑްރޯގެ ނަސިބުވެރިން ހޮވައިފި އެވެ.

ރޭ ބުކް ސީޒަން ކުރިމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި ލަކީ ޑްރޯގެ 10،000ރ. އެއް ވަނަ ފަރާތަށް ހޮވިފައި ވަނީ ހިތަދޫ ދުގެތިމާގެ، މަރިޔަމް މުހައްމަދު އެވެ.

އަދި ދެވަނަ އަށް ހޮވިފައި ވަނީ ހިތަދޫ އޯސިސް އަލީ ނަސްރު އެވެ. ނަސްރު އަށް ލިބިފައިވަނީ 5،000ރ. އެވެ. އަދި 3،000ރ. ގެ ތިންވަނަ އަށް ހޮވިފައި ވަނީ ހިތަދޫ ޕައިން އަހުމަދު ނަޒްވާން އެެވެ.

ރޭ ކުރިއަށް ގެންދިޔަ ލަކީ ޑްރޯގައި އިތުރު 10 ފަރާތެއް ގުރުއަތުން ހޮވާފަ އެވެ. އެގޮތުން ހޮވުނު ފަރާތްތަކަށް ބުކް ސީޒަނުން ހަމަޖައްސާފައި ވަނީ ގިފްޓް ޕެކްތަކެކެވެ.

އެގޮތުން ގިފްޓު ޕެކް ލިބުނު ފަރަތްތަކަކީ :

1- މުހައްމަދު ހުދު އަލީ، މައުވަ، ހިތަދޫ
2- ނަޒްމަ މަންސޫރު، އަސްރުމާގެ، ހިތަދޫ
3-މުހައްމަދު ނާހިލް، ސަލާމް، ހިތަދޫ
4- ޒީޝާން، ޝާން، ހިތަދޫ
5- ޖަލާލް އިބްރާހިމް، ތަކުލަފަތިގެ، ހިތަދޫ
6- އައިޝަތު ޝަޒިއްޔާ، ޕިންކް ވިލާ، ހިތަދޫ
7- މުލްހިން، ކަނބުރުގެ، ހިތަދޫ
8- އިބްރާހިމް މޫސާ، ނެދުންގެ، ހިތަދޫ
9- ނޫރު ސާދާތު، ގެދަރު، ހިތަދޫ
10- އާއިޝަތު ޖަމާލް، ސަނާ، ހިތަދޫ

ބުކް ސީޒަނުން ބުނީ ނަސީބުވެރި ފަރާތަކަށް ހައްގު ފައިސާ އާއި ގިފްޓްޕެކް ހަވާލުކުރާނެ ކަމަށެވެ.