Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ރައީސް އަންނަ ހަފްތާގައި ސިންގަޕޫރަށް ވަޑައިގަންނަވަނީ

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އަންނަ ހަފްތާގައި ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސްގެ މިދަތުރުފުޅަކީ ސިންގަޕޫރުގެ ރައީސް ހަލީމާ ޔާގޫބްގެ ރަސްމީ ދައުވަތުފުޅަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ސިންގަޕޫރަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސްގެ ދަތުރުފުޅުގައި އެމަނިކުފާނުގެ ރަސްމީ ދަތުރުފުޅުތަކުގައި އާންމު ގޮތެއްގައި ބައިވެރިވެވަޑައިގަންނަވާ ސަރުކާރުގެ ވަފުދު ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސަރުކާރު އިސް އޮފިޝަލުން ހިމެނެއެވެ.