Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ގެންނަނީ

އައްޑޫ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ ސާމާނު މާދަމާ އައްޑުއަށް ވައިގެ މަގުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ދުބާއީ އިން ގެންނަ ކާގޯގެ ތެރޭގައި ހިމެނެނީ ހޮސްޕިޓަލުގައި ބަހައްޓާނެ އެމްއާރުއައި މެޝިނެވެ. މި މެޝިން ގެންނަނީ ސަރުކާރުން ޗާޓަރު ކޮށްގެން ގެންނަ ބޮޑު މަތިންދާބޯޓެއްގައި ކަމަށާއި ބޯޓު އައްޑޫ ވައިގެ ބަނދަރުގައި ޖައްސާނީ މާދަމާގެ މެންދުރު ފަހު 3:30 އެހާކަށްހާއިރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑޫ އިކުއެޓޯރިއަލް ކޮންވަންޝަން ސެންޓަރު ހުރި ބިނާގައި ހޮސްޕިޓަލް ތަރައްގީ ކުރުމަށް ނިންމާފައިވާއިރު މިސަރުކާރުން ވަނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާނެކަން އިއުލާންކޮށް، ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައެވެ.

މިއަހަރު ތެރޭ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވެސް ވަނީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ޒިޔާރަތްކުރައްވާފައެވެ.