Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު އުރީދޫ ކަލާ ރަން

އުރީދޫ އައްޑޫ ކަލަރ ރަންގެ އެކްސްޕޯގެ ފަހު ދުވަހަކީ މިއަދު!

* އުރީދޫ ކަލަރ ރަން އައްޑޫ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4.00 ން 6.00އަށް
* އެކްސްޕޯ މިއަދު ހެނދުނު 10 އިން ރޭގަނޑު 10އަށް ހިތަދޫ ޒުވާނުންގެ މަރުކަޒުގައި

އުރީދޫ އައްޑޫ ކަލާ ރަން އެކްސްޕޯޣެ ތެރެއިން، ފޮޓޯ: އުރީދޫ

އުރީދޫ އައްޑޫ ކަލާ ރަންގެ އެކްސްޕޯގެ އެންމެ ފަހުގެ އިވެންޓު މިއަދު ހެނދުނު 10 އިން ރޭގަނޑު 10 ޖެހުމާއި ހަމައަށް ހިތަދޫ ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާނެކަމަށް އުރީދޫން ބުނެފިއެވެ.

އުރީދޫ ކަލާ ރަންގެ ބައިވެރިންނާއި ކިޓު ހަވާލު ކުރުމަށް ބާއްވާ އެކްސްޕޯގެ ފުރަތަމަ އިވެންޓު އިއްޔެ ވަނީ ސ. ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖުގައި ބާއްވާފައެވެ.

ކަލަރ ރަންގެ ކިޓްތައް ބައްލަވައިގަތުމަށް، ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑު، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީ އެއް ގެންނަންޖެހޭނެއެވެ. ރެޖިސްޓަރ ކުރެއްވި ފަރާތުގެ ބަދަލުގައި ކިޓް ނެންގެވުމަށް، ކިޓް ހަވާލުވާ ފަރާތުގެ އައިޑީ ކާޑު، ރެޖިސްޓަރ ކުރެއްވި ފަރާތުގެ އައިޑީ ކޮޕީ، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާނެއެވެ. އައިޑީ ކާޑުގެ ބަދަލުގައި، އެބޭފުޅެއްގެ އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގަބޫލުކުރެވޭނެއެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

އުރީދޫ ކަލަރ ރަން އައްޑޫ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4.00 ން 6.00 ކަށެވެ.

އުރީދޫގެ މަޤްބޫލު ދުވުމުގެ އިތުރުން، ޖޫން 28 ވަނަ ދުވަހުގެ ހެނދުނު 8.00 ން 10.00 އަކަށް ވަނީ ވަރަށް ޚާއްސަ ގުޑި މަހާސަމާ އެއްވެސް އިންތިޒާމް ކޮށްފައެވެ. މި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތަށް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޙާއްސަ ސްޓޯލެއްވެސް ހިމެނިގެންދާނެއެވެ.

ހަމައެއާއި އެކު، އުރީދޫ ކަލަރ ރަންގެ އެކްސްޕޯ ނިމޭއިރު ނުނަގާ ހުރި ކިޓްތައް، އިތުރު ބޭފުޅުންނަށް ބައްލަވައިގަތުމުގެ ފުރުސަތު ގުޑި މަހާސަމާގައި ހުޅުވާލާނެއެވެ.

މީގެއިތުރުން އުރީދޫ އާއި ގުޅިގެން، ޓްވިޓްސާފުން ދަނީ ކުރިއަށްއޮތް ހޮނިހިރު ދުވަހުގެ ހަވީރު 4.00 ން 6.00 ކަށް އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބޭއްވުމަށް ވެސް ތައްޔާރުވަމުންނެވެ.

Facebook