Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

ފޭދޫ ބޮޑު މަގުގައި ބައްތި ޖަހާނެ ބަޔަކު ހޯދަނީ

ފޭދޫ ބޮޑު މަގު: މި މަގުގައި ބައްތި ޖަހާނީ މަގުގެ ދެ ފަރާތުގައި. ފޮޓޯ/ އައްޑޫ ލައިވް

ތާރު އަޅައިގެން ހަދާފައިވާ ސ. ފޭދޫ ބޮޑު މަގުގައި ބައްތި ޖަހައި ދޭނެ ބަޔަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

ކައުންސިލުން ބުނީ ފޭދޫ ބޮޑު މަގުގެ ދެ ފަރާތުގައި ބައްތި ޖެހަން ބޭނުންވާ ކަމަށެވެ. އެހެންވެ ކައުންސިލް އިދާރާ އިން ތަކެތި ދިނުމުން މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބުރާސްފަތި ދުވަހުގެ 14:30 އަށް ކައުންސިލް އިދާރާ އިން މަޢުލޫމާތު ސާފު ކުރުމަށް ފަހު 25 ޖޫން 2013 ވާ އަންގާރަ ދުވަހުގެ 14:00 އަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

ކައުންސިލުން ބުނީ މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ ކައުންސިލް އިދާރާގެ ސެމިނާ ރޫމުގައި ކަމަށެވެ. މަޢުލޫމާތު ސާފުކުރުމަށް ނުދާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞާތު ނޯންނާނެ އެވެ.
އަދި ގަޑި ޖެހިގެން ދާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، ޕްރޮޕޯސަލް ހުށަހެޅުމުގެ ސެޝަނުގައި ބައިވެރި ނުވެވޭނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.