Last Updated: April 24, 20:13
Wednesday, April 24, 2024
ދުނިޔެ

މެލޭޝިޔާ އެއާޕޯޓުން 5،000 އަށްވުރެ ގިނަ ވެލާ އަތުލައިގެންފި

މެލޭޝިޔާ އިން އިންޑިޔާއަށް ބޭރުކުރަން އުޅުނު 5،000 އަށްވުރެ ގިނަ ކުޑަ ވެލާ އެއާޕޯޓުުން އަތުލައިގެންފިއެވެ.

ކުއަލަ ލަމްޕޫރް އެއާޕޯޓުން ފުރަން އުޅުނު އިންޑިޔާ ދެމީހެއްގެ ލަގެޖު ޝައްކުކުރެވޭތީ އޮފިޝަލުން ވަނީ ހުއްޓުވައި ލަގެޖު ފާސްކޮށްފައެވެ. ފާސްކޮށް ބެލިއިރު ފޮށީގެ ތެރޭގައި ޚާއްސަ ބާސްކެޓެއް ހަދައި އޭގައި 5،255 "ރެޑް-އިއާޑް ސްލައިޑާސް" ވެލާ ވަނީ ރައްކާކޮށްފައެވެ.

ދެމީހުން ވެސް މެލޭޝިޔާ ފުލުހުން ހައްޔަރުކޮށްފައިވާއިރު އެ ވެލާ ތަކަކީ އިންޑިޔާގައި ވިއްކަން އެމީހުން ބޭރުކުރަން އުޅުނު ވެލާތަކެއް ކަމަށް ބުނެފައިވެއެވެ. އިދާރާތަކުން ބުނެފައިވަނީ މިވެލާތަކުގެ އަގު 12،700 އެމެރިކާ ޑޮލަރަށް އަރާ ކަމަށެވެ.

މެލޭޝިޔާއަކީ އޭޝިޔާގެ ވަރަށް ގިނަ ގައުމުތަކުން ސިއްރުން އޮޅު ޖަނަވާރުތައް ބޭރު ކުރަން ބޭނުންކުރާ ގައުމެކެވެ. ނަމަވެސް އެ ގައުމަކީ މިފަދަ ކުށްތަކަށް ތަރުހީބު ދޭ ގައުމެއް ނޫނެވެ.

ހައްޔަރުކޮށްފައިވާ އިންޑިޔާގެ ދެމީހުންނަށް މިކުށުގެ ސަބަބުން 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެއެވެ. ސަބަބކީ ދެމީހުން ވެސް ފާސްކޮށް ބެލިއިރު ވެލާ ގެނައުމުގެ އެއްވެސް ހުއްދައެއް ނެތް ކަމަށް އޮފިޝަލުން ބުނެއެވެ.